19ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އުފައްދާފައިވަނީ 11 ޖޫން 2019 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ވަނަ ޖަލްސާގައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މިނިވަން މުއައްސަސާތަކުގެ ކަންކަން ދިރާސާކުރުމާއި، މިނިވަން މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އެ މުއައްސަސާތަކުން އަދާކުރަމުންދާ މިންވަރު ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މީގެއިތުރުން ޤާނޫނުއަސާސީއާއި ޤާނޫނުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތެރެއިން އެހެން ކޮމިޓީއެއްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، އެ މުއައްސަސާތަކުގެ އަހަރީ ރިޕޯޓު ދިރާސާކުރުމާއި، އެ މުއައްސަސާތަކާ ގުޅޭގޮތުން ޢާންމުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި، އެ މުއައްސަސާތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ބިލުތައް ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުކަމަށާއި މުސްތަޤިއްލު މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ދިރާސާކޮށް އިންޓަރވިއު ކުރުމާއި، މިނިވަން މުއައްސަސާތަކާ ބައްދަލުކޮށް އެތަންތަން ހިންގުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ސުވާލުކޮށް، އެތަންތަނުން ކުރަންޖެހޭ ކަންކަން ބަލައި، އިޞްލާހުކޮށްދޭންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތިބޭ ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޖިލީހަށް ލަފާ އެރުވުމެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން
ރޮޒައިނާ އާދަމް

މުޤައްރިރު

އައްޑޫމީދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

މީކާއީލު އަޙްމަދު ނަސީމް

މުޤައްރިރުގެ ނައިބު

ގަލޮޅު ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އަޙްމަދު ޢަބްދުﷲ

ބާރަށު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

މުޙައްމަދު ޢަބްދުﷲ ޝަފީޤް

ވެލިދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އަޙްމަދު ޙަލީމް

ބިލެތްދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

މުޙައްމަދު ވިސާމް

ގަމު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޢަލީ ޢާޡިމް

މެދުހެންވޭރު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

އަޙްމަދު ޒާހިރު

ގައްދޫ ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

ޢަލީ ޙަމީދު

އިސްދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

ޙަސަން ޝިޔާން

ތޮއްޑޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

ޙަސަން އަޙްމަދު

އިނގުރައިދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

ކުރީގެ މެންބަރުން
ޢަބްދުﷲ ސަނީފް

ތިނަދޫ ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޙުސައިން ޝަހީމް

ހެންވޭރު ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޙިސާން ޙުސައިން

ތުޅާދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޙުސައިން ޤާސިމް

ކެޔޮދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހީމް ރިޟާ

ގުރައިދޫ ދާއިރާ

PPM | އިތުރަށް ވިދާޅުވޭ

ޙުސައިން މުޙައްމަދު ލަޠީފް

ފަރެސްމާތޮޑާ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އަޙްމަދު އުޝާމް

ވިލިމާލެ ދާއިރާ

MNP | އިތުރަށް ވިދާޅުވޭ

ޔަޢުޤޫބު ޢަބްދުﷲ

ދާންދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ކޮމިޓީގައި މިހާރު ހުރި މަސައްކަތްތައް / މައްސަލަތައް
28 މާރިޗު 2024 - އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
28 މާރިޗު 2024 - ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
29 ފެބްރުއަރީ 2024 - އިލެކްޝަންސް ކޮމިޝަންއާ ބައްދަލުކުރުން
27 ފެބްރުއަރީ 2024 - އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމުގެ މައްސަލަ
27 ފެބްރުއަރީ 2024 - ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމުގެ މައްސަލަ
އިތުރު މަސައްކަތްތައް / މައްސަލަތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA