ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ

19 ވަނަ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީ

ކޮމިޓީއަށް އީމެއިލް ފޮނުއްވުމަށް
ތަފާސްހިސާބު

14

މެންބަރުން

153

ކޮމިޓީ މަސައްކަތް

250

ކޮމިޓީ ބައްދަލުވުން

ތަޢާރުފު

މި ކޮމިޓީ އުފައްދާފައިވަނީ 11 ޖޫން 2019 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 114 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ އިޤްތިޞާދީ ކަންކަން ދިރާސާކުރުމާއި ޢިޤްތިޞާދީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ އަދި ދައުލަތުގެ އިޤްތިޞާދާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ. މީގެ އިތުރުން، އެ އިދާރާތަކުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިސްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެ އިދާރާތަކަށް އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑަށް މީހުން ޢައްޔަނުކުރުމާއި، ވަކިކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު، ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން

ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުން

ކޮމިޓީގެ ބައްދަލުވުންތައް

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

8 މޭ 2024

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

7 މޭ 2024

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

19 މާރިޗު 2024

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

13 ފެބްރުއަރީ 2024

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

18 ޑިސެމްބަރު 2023

އިތުރު ބައްދަލުވުންތައް

ކޮމިޓީގައި މިހާރު ހުރި މަސައްކަތްތައް / މައްސަލަތައް

9 މޭ 2024

ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

6 މޭ 2024

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

30 އޭޕްރީލު 2024

ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

13 މާރިޗު 2024

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

28 ފެބްރުއަރީ 2024

މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޤަރާރު

ކުރިޔަށް ދަނީ

އިތުރު މަސައްކަތްތައް / މައްސަލަތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA