19ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ޤައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ޤައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ. އަދި، މަތީގައި ބަޔާންކުރެވިފައިފާ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، އެ އިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، ޢާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި، އަދި، ޤައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން
ޙުސައިން ޝަހީމް

މުޤައްރިރުގެ ނައިބު

ހެންވޭރު ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޢަލީ ނިޔާޒް

ހުޅުމާލެ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

MDA | އިތުރަށް ވިދާޅުވޭ

ޢަލީ ޙުސައިން

ކެންދޫ ދާއިރާ

JP | އިތުރަށް ވިދާޅުވޭ

ޙިސާން ޙުސައިން

ތުޅާދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

ސަޢުދު ޙުސައިން

ވިލިނގިލި ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޙަސަން ލަޠީފް

ހެންވޭރު ހުޅަނގު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

އީވާ ޢަބްދުﷲ

ގަލޮޅު އުތުރު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

އަޙްމަދު ސަލީމް

ހޯރަފުށި ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޖީހާން މަޙްމޫދު

ހިންނަވަރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

މުޙައްމަދު ނާޝިޒު

ކިނބިދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޙުސައިން މުޙައްމަދުދީދީ

ފުވައްމުލަކު މެދު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ކުރީގެ މެންބަރުން
މުޙައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA